You are here: Home » Chapter 2 » Verse 260 » Translation
← Sura 2 →
← Aya 260 →
260
وَإِذ قالَ إِبراهيمُ رَبِّ أَرِني كَيفَ تُحيِي المَوتىٰ ۖ قالَ أَوَلَم تُؤمِن ۖ قالَ بَلىٰ وَلٰكِن لِيَطمَئِنَّ قَلبي ۖ قالَ فَخُذ أَربَعَةً مِنَ الطَّيرِ فَصُرهُنَّ إِلَيكَ ثُمَّ اجعَل عَلىٰ كُلِّ جَبَلٍ مِنهُنَّ جُزءًا ثُمَّ ادعُهُنَّ يَأتينَكَ سَعيًا ۚ وَاعلَم أَنَّ اللَّهَ عَزيزٌ حَكيمٌ

ދިވެހި (Dhivehi)

އަދި، إبراهيم ގެފާނު ދެންނެވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު إيمان ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ إيمان ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހި إطمئنان ކަން ލިބުމަށްޓަކައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރައްވައި ހައްދަވާށެވެ! ދެން (ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ދަންނާށެވެ!